މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު 5,780/-ރުފިޔާ

އެހެނިހެން އިނާޔަތްތައް:

4،500ރ– 5،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ޖީ.ސީ.އީ "އޭ" ލެވެލް ދެ މާއްދާއިން "ސީ" ފާސް ލިބިފައިވުމާއި އެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އިންވެންޓްރީ ބެލެހެއްޓުމާއި އޯޑަރކުރުން.

- އިންވެންޓްރީ ގެ ދަތިކަން ހުރި މިންވަރު އަންދާޒާ ކުރުމަށް ޑެއިލީ ޕްރޮޑަކްޓް އަދި ސަޕްލައި ލެވެލް ތައް އެނަލައިޒް ކުރުން.

- އިންވެންޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ޝެޑިއުލް ތައްޔާރުކޮށް މުވައްޒަފުންނަށް އެންގުން.

- އިންވެންޓްރީ އަދި އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒްކުރުން.

- އިންވެންޓްރީ ކޮންޓްރޯލް ޕްރޮސީޖަރތައް ރަނގަޅުކުރުމަށްޓަކައި ޑެލިވަރީ، ޝިޕްމަންޓް އަދި ޕްރޮޑަކްޓް ލެވެލް އިވެލުއޭޓްކުރުން. 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

 އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021  ނޮވެންބަރު 14 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021  ނޮވެންބަރު 20 އާއި 2021 ޑިސެންބަރު 20 ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކޮށްދިނުން އެދެމެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

02 ނޮވެންބަރު 2021
ހޯދާ