ދިވެހިރާއްޖެ
މި އޮފީސް ހިންގަމުންދާ ޣާޒީ ބިލްޑިންގުގެ ފުރާޅުގެ ދިޔަދޮވިން ފައިބާފެން މި އޮފީސްތެރެއަށް ލީކުވާތީވެ، މި މައްސަލަ ހައްލުކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 16:00 ގައި،ޣާޒީ ބިލްޑިންގުގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހެޅުން އޮންނާނީ 21 ނޮވެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.