މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 10 ނޮވެންބަރު 2021 12:58 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަސައްކަތު  ބައްދަލުވުމުގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ރަސްމިއްޔާތުގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާ، މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 06 ނޮވެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު/ކޮންމަސައްކަތެއްކަން އެނގޭގޮތަށް

-          ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދަކު ނަމަ ނަން، އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު)

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިނިސްޓްރީގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286،3020261، 3020212 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 ނޮވެންބަރު 2021
ހޯދާ