ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ޑައިކަން (VRV) އޭސީ ސިސްޓަމްގެ އައުޓްޑޯރ 4 ޔުނިޓް ހޯދުމާ ގުޅޭ

        މި ކޯޓުގެ ނަންބަރު:  (IUL)197-A3/1/2021/57  އިޢުލާނުގައި މާލިއްޔަތު ޤަވާޢީދުގެ 10.43 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައިބުނާ މުއްދަތު، އިޢުލާނަށް ދެވިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

       މި ކޯޓަށް ޑައިކަން  (VRV)  އޭސީ ސިސްޓަމްގެ އައުޓްޑޯރ 4 ޔުނިޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

        ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

https://supremecourt.mv/storage/mv/media/iulaan/ac-out-door-information-sheet-1.pdf?url=mv/media/iulaan/ac-out-door-information-sheet-1.pdf 

        އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 17 ނޮވެންބަރު 2021 ވަނަ ދުވަހުގެ 8:30 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

          27  ރަބީޢުލްއައްވަލު  1443

02   ނޮވެންބަރު    2021

02 ނޮވެންބަރު 2021
ހޯދާ