މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް

ރ. އަނގޮޅިތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް

      ރ. އަނގޮޅިތީމު ކައުންސިލް  އިދާރާގެ ޖަލްސާކުރާ މާލަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް  ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ.  

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން  ކައުންސިލް އިދާރާއަށް ދުރުވެ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމުން މަސައްކަތުގެ މައުލޫމާތު ފޮތް ގަންނަން ލިބޭނެއެވެ. ފޮތެއްގެ އަގަކީ -/200ރުފިޔާ (ދުއިސައްތަރުފިޔާ) އެވެ. މި މަސައްކަތް ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/2000ރުފިޔާ (ދެހާސްރުފިޔާ ) ބިޑް ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ދައްކަން ޖެހޭނެއެވެ.

 މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:30ހުގައެވެ. އަދި  ބިޑް ހުށަހެޅުން އޮންނާނީ 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:30ގައެވެ. މައުލޫމާތު ދިނުމާއި ބިޑްހުށަހެޅުން އޮންނާނީ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ރ. އަނގޮޅިތީމމު ކައުންސިލް އިދާރާގެ މާލަމް އަޕްގްރޭޑް ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ބީލަން ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް  އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %85
  • މުއްދަތު
  • ތަޖްރިބާ

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

02 ނޮވެންބަރު 2021
ހޯދާ