ދިވެހިރާއްޖެ
މިކޯޓުގައި ކޯޓު އިމާރާތާއި ގުޅުވައިގެން 4 ފޫޓް 4 ފޫޓުގެ ފާހާނާއެއް އަމިއްލަ ތަކެތީގައި ހެދުމަށް ކުރި އިޢުލާން ނަންބަރ: B6MC/IUL/2021/01އާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރަން ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޝަތު ހުޅުވާލަމެވެ. ވީމާ،ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
ތަން: ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓް |
ތަން: ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓް |
ވަގުތު: 09 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 |
ވަގުތު: 16 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 |
މަޢުލޫމާތް ސާފްކުރުމުށާއި، އަންދާސީހިސާބް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތުހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި މީހާކު ފޮނުވާނަމަ އެކަން ބާޔާންކޮށްފައިވާ ސިޓިއެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި މަޢުލާމާތު ސާފުކުރުމަށް ހާޒިވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫން ނަންބަރު 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫން ނަންބަރު؛ 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.