ދިވެހިރާއްޖެ
ގއ.ނިލަންދޫ ރަސްމީ ފާލަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް
ގއ.ނިލަންދޫ ބަނދަރުގައި ރަސްމީ ފާލަމެއް މިކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް، ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ނޮވެމްބަރ 2021 ވާ ބްރާސްފަތި ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. މި ސެޝަނުގައި މަޢުލޫމާތު ޝީޓާއި، ޕްރޮޕޯސަލް ހުށަހެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު ލިޔުމުން ދެވޭނެއެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 6820018 ނަންބަރަށް ގުޅުއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 3144