ދިވެހިރާއްޖެ
ނަމްބަރ: (IUL)314--/INDIV/2021/25
އިޢުލާން
ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމާއިބެހޭ
ކަމަދޫ ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)314--/315/2021/04 ބާޠިލުކޮށް، އަލުން ކަމަދޫ ރައްޔިތުންގެ ހިޔާ 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 31 އޮކްޓޯބަރ 2021 (އާދިއްތަ) ދުވަހުގެ 10:00 ން ފެށިގެން 08 ނޮވެމްބަރ 2021 ވާ (ހޯމަ) ދުވަހުގެ 10:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަންބަރ 6600051 ގުޅުއްވައިގެން ނުވަތަ މިއިދާރާގެ މެއިލް އެޑްރެހަށް ( ([email protected] އަށް ރިކުއެސްޓްކޮށް، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްޞީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/އައި.ޑީކާރޑް ނަމްބަރ އަދި ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އަދި ބީލަމުގައި ބައިވެރި ނުވެވޭނެވާހަކަވެސް ދަންނަވަމެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް، ކުންފުނި ޕާޓްނާޝިޕް ވިޔަފާރިތަކަށް އަދި ކުލަބް ޖަމިއްޔާތަކަށެވެ.
މަޢުލޫމާތު ދިނުމާއި ބިޑް ހުށައެޅުން
މަޢުލޫމާތު ދިނުން |
ބިޑް ހުށައެޅުން |
08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 |
25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 |
ބީލަން ހުށައެޅުން
ބީލަން ހުޅުވުން އަދި ބީލަމުގެ މަޢުލޫމާތު ދިނުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިޑު ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
25 ރަބީޢުލްއައްވަލް 1443
31 އޮކްޓޯބަރ 2021