ދިވެހިރާއްޖެ
(IUL)146-A1/1/2021/36:ނަންބަރު
އިޢުލާން
މިކޯޓުގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު 146A1/1/2021/31 (11 އޮކްޓޯބަރ 2021) އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމު: |
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ |
ބޭނުންވާ އަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: |
އެމް.އެސް 2 |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: |
ފެމިލީކޯޓު / އައިޓީ އެންޑް ކޮމިއުނިކޭޝަން |
މަޤާމުގެ އަސާސީ މުސާރަ: |
6295.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ، - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %40 (މަހަކު)، - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. |
މަޤާމުގެ އަސާސީ ޝަރުތު:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ތަޢުލީމީ ރޮނގު: |
- އިންފޮމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ އިންޖިނިއަރިންގ / ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ / ހާޑްވެއަރ އެންޑް ނެޓްވޯކް އެޑްމިނިސްޓްރޭޝަން / ވެބް ޓެކްނޮލޮޖީސް / މަލްޓިމީޑިއާ / ޑާޓާބޭސް / ނެޓްވޯކިންގ / ސިސްޓަމް އެޑްމިނިސްޓްރޭޝަން / ކޮމްޕިއުޓަރ ސައިންސް |
ގުޅޭ ވަޒީފާގެ ދާއިރާތައް: |
- އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ / ސޮފްޓްވެއަރ، ހާޑްވެއަރ އިންޖިނީރިންގ |
އެހެނިހެން ޝަރުތު: |
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން. - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަމްބަރގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ފެމިލީ ކޯޓަށް ބޭނުންވާ އިންފޮރމޭޝަން ސިސްޓަމެއް ފަރުމާކޮށް ޤާއިމްކުރުން. - އޮފީހުގެ މަސައްކަތަށް ބޭނުންވާ ސޮފްޓްވެއަރތައް ހެދުމާއި، އަދި ބޭނުން ކުރަމުން ގެންދާ ސޮފްޓްވެއަރތައް މެއިންޓެއިންކޮށް ބެލެހެއްޓުން. - ފެމިލީ ކޯޓުގެ ސާވަރ އަދި ޑޭޓާ ސެންޓަރ އެޑްމިނިސްޓްރޭޝަން. - ފެމިލީ ކޯޓުގެ ކޮމްޕިއުޓަރ ވިއުގަ އެޅުމާއި މެއިންޓެއިން ކުރުން. - އިންފޮރމޭޝަން ޓެކްނޮލޮޖީއާ ބެހޭ ޕޮލިސީތަކާމެދު މަޝްވަރާކޮށް، އެކަށައަޅައި ތަންފީޒުކުރުން. - މަސައްކަތް ފަސޭހަކޮށް އަވަސްކޮށް ޚަރަދު ކުޑަކޮށް ކުރެވޭނެ އާ ޓެކްނޮލޮޖީއަށް އަބަދުވެސް ފާރަވެރިވެ އެ ޓެކްނޮލޮޖީ ތަޢާރަފުކުރުން. - މުވައްޒަފުންނާއި، ފަނޑިޔާރުންނަށް ބޭނުންވާ ސޮފްޓްވެއަރގެ އެންމެހާ ކަންތައް ބެލެހެއްޓުމާއި، ސޮފްޓްވެއަރ ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. - ފެމިލީ ކޯޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ، ސްކޭނަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ކޮމްޕިއުޓަރއާއި ގުޅޭ އެންމެހާ ތަކެތި މަރާމާތު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި މިފަދަ ތަކެތި ބެލެހެއްޓުން. - ކޯޓަށް އަލަށް ހޯދަންޖެހޭ ތަކެތީގެ މަޢުލޫމާތު ތައްޔާރުކޮށް ސްޕެސިފިކޭޝަން ޗެކްކުރުން. - ކޯޓުގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުން. - ކޯޓުގެ މުވައްޒަފުންނަށް ދާއިރާއާއި ގުޅޭގޮތުން ޓްރެއިނިންގ ދިނުން. - ކޯޓުން ކަނޑައަޅާ ސެމިނަރ، ވާރކްޝޮޕް އަދި މިނޫންވެސް ޖަލްސާތަކުގައި ބައިވެރިވެ އެކަމުގައި ޢަމަލީ މަސައްކަތް ކުރުން. - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- ލިބިފައިވާ ތަޢުލީމު – %30 (ތިރީސް ޕަސެންޓް) - މަސައްކަތުގެ ތަޖުރިބާ - (ފަނަރަ ޕަސެންޓް) - ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު – %5 (ފަސް ޕަސެންޓް) - ޕްރެކްޓިކަލް ޓެސްޓް - %20 (ވިހި ޕަސެންޓް) - ލިބިފައިވާ ހުނަރާއި ސިފަތައް (އިންޓަރވިއާއި ޕްރެޒެންޓޭޝަން) - %30 (ތިރީސް ޕަސެންޓް) |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ޓެސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ޓެސްޓް އޮންނަ ދުވަހާއި ގަޑި އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު (މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ. - ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، ކޯހުގެ ޓްރާންކްރިޕްޓާއި އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ޓްރާންކްރިޕްޓާއެކު ހުށަހެޅުން. - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ޓްރާންސްކްރިޕްޓާއެކު ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. - ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް އިނގޭނެ ލިޔުންތަކުގެ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ. - ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
14 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން. |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. - އިނިގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން. - ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން. - ނުރަސްމީގަޑިތަކުގައި ކޮންމެހެން މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއްގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. - ސޮފްޓްވެއަރ ޑިވެލޮޕްކުރަން އެނގޭ ފަރާތަކަށްވުން. - އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތް ކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޙްލާޤަށް ބެލޭނެއެވެ. |
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. - މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3340502 / 3340504 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - މަޤާމަށް ޝަރުޠުހަމަނުވާ ފަރާތްތަކަށާއި އިންޓަރވިއުއާއި ޕްރެޒެންޓޭޝަންއަށް ޝޯޓު ލިސްޓުނުވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އެންގޭނެއެވެ. އަދި އިންޓަރވިއުއާއި ޕްރެޒެންޓޭޝަންއަށް ޙާޟިވާންޖެހޭ ފަރާތްތަކަށް، ޙާޟިރުވާންވީ ދުވަހާއި ގަޑި، އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ. - މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |