ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ" ގައި ބައިވެރިވުމުގެ ފުރުޞަތު

ސުރުހީގައި ދެންނެވިފައިވާ އިވެންޓްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާއި ކުރެވުނު މިސެންޓަރުގެ ނަންބަރު 177/1/2021/35(IUL) އިޢުލާން އަށް އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ، އަލުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އިންޑިއާގެ ސޫރަޖްކުންޑް، ފަރީދްއާބާދު، ހަރިޔާނާގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ 4 ން 20 ށް ބޭއްވުމަށް ހަމަޖެހިފައިވާ 35 ވަނަ ސޫރަޖްކުންޑް އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެ އަށް ވަނީ ލިބިފައެވެ.  އެގޮތުން މިއިވެންޓްގައި 10-15 މެމްބަރުންގެ ސަގާފީ ގްރޫޕެއްގެ އިތުރުން ދިވެހިރާއްޖޭގެ ސަގާފަތް ދައްކުވައިދޭ މަސައްކަތާއި ހުނަރު ދައްކުވައިދޭ 4 ނުވަތަ 5 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މިއިވެންޓްގައި ބައިވެރިވެލައްވާ ފަރާތްތަކަށް އިންޑިއާގައި ހުރުމާއި، ކެއުން އަދި އިންޑިއާގެ އެތެރޭގެ ދަތުރުތައް މިއިވެންޓް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތްތަކުންނެވެ.

ވީމާ، މި އިވެންޓަގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސީވީ މިސެންޓަރުގެ ރިސެޕްޝަން އަށް ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313456 ނަންބަރު ފޯނަށެވެ.

01 ނޮވެންބަރު 2021
ހޯދާ