ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
07 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް
ކޮމްޕިއުޓަރ ލެބަށް ބޭނުންވާ 07 ކޮމްޕިއުޓަރ ސިސްޓަމް ހޯދައިދޭނެ ފަރާތެއް ހޯދުމުގެ ދަޢުވަތު
- މިސްކޫލްގެ ކޮމްޕިއުޓަރ ލެބަށް 07 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021 ނޮވެމްބަރ 08 އިން 2021 ނޮވެމަބަރ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 2021 ނޮވެމްބަރ 15 ވާ ހޯމަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ. ނަންނޯޓްކުރެއްވުމަށްފަހު މައުލޫމާތު ނެންގެވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 22 ވާ ހޯމަ ދުވަހުގެ 10:00 ގައި ކަލާފާނު ސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަލާފާނުސްކޫލް
މާލެ
ފޯން: 3328991/3326607
އީ-މެއިލް: [email protected]
26 ރަބީއުލްއައްވަލް 1443
01 ނޮވެމަބަރ 2021
01 ނޮވެންބަރު 2021
ހޯދާ