ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/32
އިޢުލާން |
މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:
15 ނޮވެމްބަރ 2021 އިން 14 ނޮވެމްބަރ 2022 ގެ ނިޔަލަށް މިރަށު މިސްކިތްތަކަށް ވޭޖް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު ( މިސްކިތްތަކަށް )
ބޭނުންވާ ޢަދަދު: 03
މަޤާމުގެ ރޭންކް: އެސްއެސް 01
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ މުއްދަތު: 01 ( އަހަރު ދުވަސް )
މަޤާމުގެ ކްލެސިފިކޭޝަން: ވޭޖް އުސޫލުން ގެންގުޅޭ މަސައްކަތު މީހުން
މުސާރަ: މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/45 ( ސާޅީސް ފަސް ރުފިޔާ )
ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ތަކެތި ދަތުމާއެކު މިސްކިތު މަސައްކަތްކުރެވޭނެ ޖިސްމާނީ ގާބިލްކަން ހުރުމާއެކު އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
ވީމާ،މިވަޒީފާއަށް އެދިލައްވާފަރާތްތަކުން 14 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން އައިޑީކާޑުގެ ފޮޓޯ ކޮޕީ އަކާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ. މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %50 މާކްސް އިންޓަވިއުއިން ލިބޭ ފަރާތްތަކަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
26 ރަބީޢުލްއައްވަލް 1443
01 ނޮވެމްބަރ 2021
ޙާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް