ދިވެހިރާއްޖެ
އިޢުލާން
15 އެގްޒެކްޓިވް ޗެއަރ ނީލަންކިޔެމާއި ބެހޭ
9 ސެޕްޓެންބަރ 2020ގައި ގެޒެޓް ކުރައްވާ ފައިވާ ދައުލަތުގެ މުދާއެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018 ގެ ނަންބަރު D1/CIR/2018/15އ13 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް އޮފީސްތަކަށް ހުޅުވާލުމުން އެއްވެސް އޮފީހަކުން އިޖާބަދީފައި ނުވާތީވެ، ތިރީގައިވާ މުދާ ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ.
ނީލަން ނަންބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ފެށޭއަގު |
MYSCE/2021/03 |
15 އެގްޒެކްޓިވް ޗެއަރ |
ބާވެ، ހަލާކުވެފައި |
ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް |
2063.15 |
ވީމާ، މިނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ މަޢުލޫމާތު ސާފުކުރެވުމަށްފަހު ނަން ނޯޓު ކޮށްފައިވާނަމައެވެ. އެ ނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
# |
މަޢުލޫމާތު ސާފުކުރުން |
14 ނޮވެންބަރ 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް / ގަލޮޅުދަނޑު |
# |
ނީލަން ކިޔުން |
15 ނޮވެންބަރ 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް / ގަލޮޅުދަނޑު |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ (https://bandeyripay.finance.gov.mv) އަށް ދައްކަވަން ވާނެއެވެ.