| 
 އިޢުލާން 
 | 
| 
 ތާރީޚް:  
 | 
 26 އޮކްޓޯބަރ 2021 
 | 
 ނަންބަރު: 
 | 
 (IUL)401-E/401/2021/358 
 | 
| 
 20 ރަބީޢުލްއައްވަލް 1443 
 | 
 އިޢުލާންގެ ވަނަ: 
 | 
 02 
 | 
| 
 ކުރީގެ މަސްޖިދުލް ފުރުޤާން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން 
 | 
| 
   
 | 
| 
 މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކުރީގެ މަސްޖިދުލް ފުރުޤާން (ކުރިގަމުއަވަށު މިސްކިތް) މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތް ކޮށްދިނުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ -/150ރ އެވެ.
 
- ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  26 އޮކްޓޯބަރ 2021 (އަންގާރަ) ދުވަހުން ފެށިގެން އިން 10 ނޮވެމްބަރ 2021 (ބުދަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ. (މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.) 
 
 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
 
- މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
 
- އިތުރަށް މަޢުލޫމާތު [email protected]  އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 14 ނޮވެމްބަރ 2021 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރ 2021 (އާދީއްތަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަންހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
 
 | 
| 
   
 | 
   
  
  
 | 
| 
   
 |