މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް / އުތުރު ސަރަހައްދީ އޮފީސް (ހދ.ކުޅުދުއްފުށީ ސިޓީ )
|
ޑިޕާޓްމަންޓް
|
އުތުރު ސަރަހައްދީ އޮފީސް
|
އަސާސީ މުސާރަ
|
-/11500 (އެގާރަހާސް ފަސްސަތޭކަ ރުފިޔާ)
|
ސަރވިސް އެލަވަންސް
|
ދުވާލަކަށް 263/33 (ދުއިސައްތަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)
|
ލިވިންގ އެލަވަންސް
|
-/3000 (ތިން ހާސް) ރުފިޔާ
|
އޮޑިޓް އެލަވަންސް
|
-/2000 (ދެ ހާސް) ރުފިޔާ
|
ޕްރޮފެޝަނަލް އެލަވަންސް
|
މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާނަމަ -/2000 (ދެ ހާސް) ރުފިޔާ
ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000 (އެއް ހާސް) ރުފިޔާ
|
އަސާސީ ޝަރުތު
|
- މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- މާލީ އިދާރާތަކާއި، ކުންފުނިތަކާއި މީގެ އިތުރުންވެސް ސުޕަވައިޒަރ ހަވާލުކުރާ އޮޑިޓްތައް ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ޝާއިޢު ކުރުމަށްޓަކައި ކުރަންޖެހޭ އޮޑިޓް މަސައްކަތް ރާވައި ހިންގުން.
- އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، މަސައްކަތްކުރަމުންދަނީ ޓައިމް ބަޖެޓާ އެއްގޮތަށްތޯ މޭނޭޖަރު ބަލައި އެއްވެސް އުނިއިތުރެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން އޮޑިޓް ޑިރެކްޓަރާއި މަޝްވަރާކުރުން. އަދި ކަނޑައަޅާފައިވާ ވަގުތަށް އެއްވެސް އުނިއިތުރެއް ގެންނަނަމަ އެއުނިއިތުރެއް ދުރާލާ ފާސްކުރުން.
- އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަގަޅަށްތޯ ބެލުން. މީގެ އިތުރުން އޮޑިޓްގެ މަސައްކަތު ކަރުދާހުގައި ހިމަނަންޖެހޭ މައްސަލަތަށް ވަތުގުތުން ވަތުގަށް އޮޑިޓް ކުރެވޭ މުއައްސަސާތަކާއި މަޝްވަރާކުރުން. އަދި އާއްމުގޮތެއްގައި، ހުރިހާ ސެކްޝަންތަކެއްގައިވެސް އޮޑިޓްގެ މަސައްކަތުގައި ދާއިމީ ގޮތެއްގައި ޓީމް މޭޓާއި އައިޑިއަރ އަދި އެހެނިހެން ޕްރޮގްރާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވެމުންދޭތޯ ޔަޤީންކުރުން.
- މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އެމުވައްޒަފުންނަށް ކޯޗްކޮށްދިނުމާއި ބިނާކުރަނިވި މަޝްވަރާދިނުން. މީގެ އިތުރުން އޮފީހުން އަންގާ ސުންގަޑިތަކަށް މިނިވަންކަމާއި ޢަދުލުވެރިކަމާއި އަދި އެއްމިންގަނޑެއްގައި މުވައްޒަފުންގެ ޕާފޯމެންސް އެޕްރެއިޒަލް ފުރިހަމަކުރިން. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިކަން ދެނެގަތުމާއި އެ ތަމްރީނުތައް ދެވޭނެ އިންތިޒާމް ހަމަޖެހެމުން ދޭތޯ ކަށަވަރު ކުރުން.
- އޮޑިޓް ކުރެވޭ މުއައްސަސާތަކާއި ދުރާލާ މުޢާމަލާތް ކުރުމާއި މުއައްސަސާތަކަށް ގެނެވޭ ބަދަލުތައް (މިސާލަކަށް އޮނިގަނޑު ބަދަލުކުރުން) ދުރާލާ ދެނެގަނެ ބޮޑެތި މައްސަލަތައް ހިމެނޭ ކަންތައްތައް (މިސާލަކަށް އައު ޕްރޮގްރާމްތައް/މަޝްރޫޢުތައް) ދުރާލާ ފާހަގަކޮށް، މި އޮފީހުން ކުރަންޖެހޭ ކަންތައްތަކަށް ރަނގަޅަށް ތައްޔާރުވުމުގެ މަގުތަނަވަސް ކުރުން.
- އޮޑިޓްގައި ބޮޑަށް ބަލަންޖެހޭ ކަންތައްތައް (އޮޑިޓް ރިސްކް) އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި، ދެފަރާތުގެ މަސައްކަތް ތަކުރާރު ނުވާނޭގޮތުގެ މަތިން އޮޑިޓް މަސައްކަތް ރާވައި ހިންގުމަށްޓަކައި އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓްތަކާއި ގުޅުން ބަދަހި ކުރުން.
- އޮޑިޓް ފެއްޓުމުގެ ގޮތުންނާއި ނިންމުމުގެގޮތުން ބާއްވާ ބައްދަލުވުންތަކަށް ހާޛިރުވުމާއި، އާއްމުގޮތެއްގައި މުއްސަސާތަކުގެ ފައިސާއާއިބެހޭ ސެކްޝަންތަކާއި ގުޅުންބަދަހިކުރުން. މިގޮތޮތުން ވަކިން ޚާއްޞަގޮތެއްގައި އަހަރު ހިސާބު ތައްޔާރުކުރުމަށް ލަސްވުމުގެ ސަބަބުން އޮޑިޓްގެ މަސައްކަތަށް ބުރުއަރާ ހާލަތްތަކުގައި އެޑިޕާޓްމަންޓާއި މުޢާމަލާތްކުރުން. އަދި އޮޑިޓުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމަށް އޮޑިޓް ޓީމަށް ދަތިވެ، އެފަދަ ލިޔެކިއުންތައް ލިބުން ލަސްވާ ހާލަތްތަކުގައި އެފަދަ ކަންކަން ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުން.
- އޮފީހުގެ ސްޓްރެޓެޖިކް އޮޑިޓް ޕްލޭން (ދުރު ރާސްތާ އޮޑިޓް ޕްލޭން) ތައްޔާރުކުރުމުގައި ބައިވެރިވުމުގެ ގޮތުން، އެކަރުދާހުގައި ހިމަނަންޖެހޭ އޮޑިޓް ކުރަންޖެހޭ ދާއިރާތަކާއި ބޮޑަށް ބަލަންޖެހޭ ކަންތައްތަކާއި އަދި އިސްކަންދޭންޖެހޭ ކަންކަން ހިއްސާކުރުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
6. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
7. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
އެހެނިހެން
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޖޮބް ޕޯޓަލް އިން ސްޓޭޓަސް ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި
|
14 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 3348200 ,3348275 ނަންބަރު ފޯނަށެވެ.
|