ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ. ކަލައިދޫ އިންޑޯރ ބެޑްމިންޓަން ހޯލު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ (ފުރަތަމަ އިޢުލާން)

މި އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ އިންޑޯރ ބެޑްމިންޓަން ހޯލު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ރަޖިސްޓަރީވުމަށް އެދި  ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކުމެންޓްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ / - ) އެވެ.

#

ތަފްޞީލް

ތަން

ތާރީޚް

ގަޑި

1

ބީލަމަށް ރަޖިސްޓްރީ ކުރުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

04 ނޮވެމްބަރ 2021 އިން

09 ނޮވެމްބަރ 2021 އަށް

9:00– 12:00

2

ޕްރީ ބިޑް މީޓިންގ

ލ. ކަލައިދޫ ކައުންސިލް އިދާރާ

10 ނޮވެމްބަރ 2021 (ބްރާސްފަތި)

13:00

3

ބީލަން ހުށަހެޅުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

15 ނޮވެމްބަރ 2021 (ހޯމަ)

13:00

* ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ ސަރުކާރު ރަސްމީދުވަސްތަކު ކަނޑައެޅިފައިވާ ގަޑީގައެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމަންޓްތަކުގައި ހިމެނިފައިވާނެއެވެ.

 

 

މި އިޢުލާނާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ [email protected] މެއިލަށް 04 ނޮވެމްބަރ 2021 އިން 10 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު ނުވަތަ އީމޭލް ކުރައްވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން އޮންނަ ޕްރީ ބިޑް މީޓިންގގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.

                މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

31 އޮކްޓޫބަރު 2021
ހޯދާ