ދިވެހިރާއްޖެ
ނަމްބަރު: (IUL)202-M/1/2021/116
އިޢުލާން
މާލެ – ތިލަފުށި ލިންކް މަޝްރޫޢާ ގުޅޭ؛
މާލެ-ތިލަފުށި ލިންކް މަޝްރޫޢާ ގުޅިގެން 28 އޮކްޓޫބަރު 2021 އިން ފެށިގެން 22 ފެބްރުއަރީ 2022 ގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު 01 ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދުގައި، އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރވެއާސް އާއި ހަވާލުކޮށްގެން ސާރވޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ އަންގަވާފައެވެ.
ވީމާ، މި ސާރވޭ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާރވޭ ބޯޓަށާއި މި ސަރަހއްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތް ފަރާތްތަކަށް މިކަމަށް ހާއްސަ ސަމާލުކަން ދެއްވައިގެން އުޅަނދުފަހަރު ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
22 ރަބީއުލްއައްވަލް 1443
28 އޮކްޓޫބަރު 2021
ދިވެހި ސަރުކާރުގެ ގެޒެޓް