ދިވެހިރާއްޖެ
މިކައުންސިލުން ކޭބަލް ދިނުމުން، ބަނދަރު ސަރަޙައްދުގައި ހުރި ލައިޓް ޕޯސްޓްތަކަށް ކޭބަލް އަޅައި، ލައިޓް ހަރުކޮށް އަދި ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމަށް ކުރި (IUL)384-A/2021/ 58 ނަމްބަރ އިޢުލާނާއި ގުޅިގެން ދެވިފައިވާ ބައެއް މަޢުލޫމާތުތަކަށް ބަދަލުގެނެސްގެން މިމަސައްކަތް ކުރިއަށްގެންދަން ބޭނުންވާތީ މި އިޢުލާން ބާތިލްކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6780034 ފޯނާ ގުޅުއްވާ ޔަޤީން ކުރައްވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 02 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13.00ގެ ކުރިން މި އިދާރާގެ ނަންބަރ 6780034 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ބިޑް ހުޅުވުން 04 ނޮވެމްބަރ 2021ވާ ބުރާސްފަތި ދުވަހު 13.00ގައި މި އިދާރާގައި އޮންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.