ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 އޮކްޓޫބަރު 2021 10:31 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދިނުމަށް ކުރެވުނު (IUL)413/INDIV/2021/3 ނަމްބަރ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން:
ގއ.ގެމަނަފުށީ ބަނދަރު ސަރަހައްދުގައި ހުންނަ މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާން ނަމްބަރ (IUL)413/INDIV/2021/3 ގައި ކުށެއް ލިޔެވިފައިވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ބިޑުގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ [email protected] ނުވަތަ ކައުންސިލް އިދާރާއަށެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.
ޕްރީބިޑް މީޓިން އޮންނާނީ 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑުގައި ރަޖިސްޓްރީ ކުރައްވާފައިވާނަމަ ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނެއެވެ.
ބިޑް ހުށަހެޅުން އޮންނާނީ 16 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިވަނީއެވެ.
- ހުށަހަޅާ އެންމެ މަތީ އަގަށް 100 މާރކްސް
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.