ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން މުރާޖާކުރުމާއި ގުޅޭ

މި އިޢުލާންވަނީ 14 މާރިޗު 2022 13:00 ގައި ބާތިލް ކުރެވިފައެވެ.


ލޭންޑް ޔޫސް ޕްލޭން މުރާޖާކުރުމާއި ގުޅޭ

 

          ތިރީގައިވާ ދަންނަވާފައިވާ  މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ގދ ރަތަފަންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 09 ނޮވެންބަރު 2021 ވާ އަގާރަ ދުވަހު 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ މި އިދާރައިގެ މެއިލް [email protected] މެއިލް ކުރެއްވުން އެދެމެވެ.

           މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލޭންޑް ޔޫސް ޕްލޭން ބިނާކުރާއިރު: 

  • ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫސް ޕްލޭން ބިނާކުރުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމުގެ އެންމެހާ މަރުހަލާތަކެއް ކުރިއަށް ގެންދިއުން.
  • ރަށުގެ ފަޅާއި އިޤްތިސޯސް ގައި ހިމެނޭ ފަޅުރަށްތައް ބޭނުންކުރެވޭނޭ ގޮތެއް ޕްލޭންގައި ހިމެނުން
  • ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
  • ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމަށްފަހު ފާސްކުރުމަށް ހުށަހެޅުމުން، އިސްލާހުކުރުމަށް އަންގާ ކަމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތް ކޮށްދިނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6840016 ނުވަތަ 7888505 އަށް ގުޅުއްވުން އެދެމެވެ.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮކްޓޫބަރު 2021
ހޯދާ