މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ޕްރީސްކޫލް ތަރައްޤީކުރުން

އިޢުލާން

ބީލަންހުށަހެޅުމުގެ ދަޢުވަތު:

              ށ.ފޭދޫ ޕްރީސްކޫލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރ:(IUL)274/INDIV/2021/65 އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން ޕްރީ ބިޑް ބައްދަލުވުމަށް ޚާޟިރުވެފައިނުވާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު ޕްރީސްކޫލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ. މިމަސައްކަތައް ބީލަންހުށަހެޅުމުގެ   ދަޢުވަތު  މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

               ބީލަމާއިގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 31 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގްރޫމުގައި އޮންނާނެއެވެ. މިބީލަމާއިގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ 04 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބުތައް އެދުވަހުގެ 14:00ގެ ކުރިން ފޮނުވޭނެއެވެ.

 

              ބީލަންބަލައިގަތުން އަދި ހުޅުވުން އޮންނާނީ 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައްހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާންގެ ނަމްބަރާއި،ޕްރޮޖެކްޓްގެ ނަމްބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

 

             ހުށަހަޅާ ބީލަންތައް ވަޒަންކުރާނެ މިންގަނޑާއި،ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު އަގު ހުށަހެޅުމުގެފުރުސަތު ނެތްވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިލަދުންޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ/ފިނިވާމަގު/ށ.ފޭދޫ
  • އީމެއިލް އެޑްރެސް:[email protected]
  • ވެބްސައިޓް:www.feydhoo.gov.mv

21 ރަބީޢުލްޢައްވަލް 1442

27 އޮކްޓޫބަރު 2021
ހޯދާ