ދިވެހިރާއްޖެ
މިއޮތޯރިޓީއިން ކާޑް ޕްރިންޓަރއެއް ހޯދުމަށް 20 އޮކްޓޫބަރު 2021 ގައި ކުރެވުނު ނަންބަރު (IUL)485/1/2021/12 އިޢުލާންގައިވާ ޓަރމްސް އޮފް ރިފަރަންސް އަށް ބަދަލު އައިސަފައިވާތީ، ބީލަން ހުށަހެޅުމަށް ދެވިފައިވާ ސުންގަނޑި އިތުރުކޮށްފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ބަދަލުގެނެވިފައި):
މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން:
މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ 2021 ނޮވެންބަރު 08 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްނުދެވޭނެއެވެ. އަދި މިސުވާލުތަކަށް 2021 ނޮވެންބަރު 09 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.
ބިޑް ހުށަހެޅުން (މުއްދަތު އިތުރު ކުރެވިފައި):
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 ނޮވެމްބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ.
ނޯޓު: 10 ނޮވެމްބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް އެޑްރެސް ކުރައްވަންވީ ގޮތް:
Supply of PVC Card Printer and Consumables
485/1/2021/14(IUL)
November 10, 2021
Utility Regulatory Authority
Handhuvaree Hingun, Maafannu, Male’, 20392, Maldives