ކޯސް:
|
ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫ.އެސް.އެމް.އޭ) ކްލާސް އޮފް 2026
|
ޖާގައިގެ ޢަދަދު:
|
06
|
އިންސްޓިޓިއުޓް / ޤައުމު :
|
ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ / އެމެރިކާ
|
ކޯސް ފެށޭ ތާރީޚް:
|
ޖޫން 2022
|
މުއްދަތު:
|
4 އަހަރު
|
ކޯހުގެ ބާވަތް
|
މިލިޓަރީ
|
ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:
|
ބެޗްލަރސް ޑިގްރީ
|
ކުރިއަށް ދެވިދާނެ ދާއިރާތައް:
|
- ކެމިސްޓްރީ
- އިންޖިނިއަރިންގ
- ކޮމްޕިއުޓަރ ސައިންސް
- ޑިފެންސް ސްޓްރެޓެޖިކް ސްޓަޑީޒް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ސައިންސް
- އިންޓަރނޭޝަނަލް ރިލޭޝަންސް
- ލީގަލް ސްޓަޑީޒް
- މެތަމެޓިކްސް
- މެނޭޖްމަންޓް
- އޮޕަރޭޝަންސް ރިސަރޗް
- ފިލޯސަފީ
- ސައިކޮލޮޖީ
- ސޯސިއޮލޮޖީ
|
- މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއި ބެހޭ މަޢުލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usma.edu އިން ލިބިލައްވާނެ.
|
ޝަރުތު:
|
- 2022 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
- އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
- ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
- ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
- ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
|
ސުންގަޑި
|
މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2021 ނޮވެންބަރު 07 ވަނަ ދުވަހުގެ 14:00ގެ ކުރިން، އެމް.އެން.ޑީ.އެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް: [email protected]
|
- ކޯސް އެޕްލިކޭޝަން ފޯރމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. www.mndf.gov.mv
- މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޑީ.އެފް، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ނަންބަރު:3322607، އެކްސްޓެންޝަން: 2157، ނުވަތަ މޯބައިލް: 9871235 އަށް ގުޅުއްވުން އެދެމެވެ.
|