ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޕްރީސްކޫލް ހިންގުމަށް ނިންމާފައިވާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ.އިސްދޫ ކައުންސިލްގެ ޕްރީސްކޫލް ހިންގުމަށް ނިންމާފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދެމެވެ.

 

1 . ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  02 ނޮވެމްބަރ 2021 ވާ އަންގާރާ ދުވަހު 10:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

2 . މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ  02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 11:00ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

3 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

        

      ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަމްބަރ 9762719 ފޯނަށް ގުޅުއްވުން އެދެމެވެ.

26 އޮކްޓޫބަރު 2021
ހޯދާ