ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަންފަރު ލޭންޑް ޔޫސް ޕްލޭން (LUP) ހަދާނެ ފަރާތެއް ހޯދުން

ނަންބަރު: 69(IUL)262/262/2021/

 

އިޢުލާން

 

                      

ހދ. ނޮޅިވަރަންފަރު ލޭންޑް ޔޫސް ޕްލޭން (LUP) ހަދާނެ ފަރާތެއް ހޯދުން

 

           މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނޮޅިވަރަންފަރުގެ ލޭންޑް ޔޫސް ޕްލޭން (LUP) ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، ނޮޅިވަރަންފަރު ލޭންޑް ޔޫސް ޕްލޭން ހެދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 ކުރިން މިލިންކްގައިވާ https://forms.gle/PKnvVtdcSswD3NPE8  ގޫގުލް ފޯމު މެދުވެރިކޮށް އަންދާސިހިސާބު ހުށަހެޅުމަށް ރެޖިސްޓްރިކުރެއްވުމަށްފަހު،  22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓްރީ ނުކުރައްވާފަރާތްތަކާއި  ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް (މަސައްކަތާއި ގުޅޭ ދާއިރާގެ ކެޓަގަރީ ހިމެނޭގޮތުން ރަޖިސްޓްރީ ކޮށްފައިނުވާނަމަ) ބައިވެރި ނުވެވޭނެ ވާހަކަ ދެއްނެވީމެވެ.

ހުށަހަޅާ އަންދާސި ހިސާބުތަކަށް މާރކް ދިނުމަށް ހަމަޖެހިފައިވަނީ ހުށަހަޅަ އެންމެ ކުޑަ އަގު %85، އެންމެ ކުރު މުއްދަތު އަދި ތަޖްރިބާ އަށް %5 އިންސަތައިގެ އުޞޫލުންނެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ލޭންޑް ޔޫސްޕްލޭން 3D ކޮށް ހަދައިދޭނެ އަގާއި ޢާއްމުކޮށް ހަދައިދޭ އަގު ވަކިން އެނގޭނެހެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާގުޅެ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6520700، 6520063 އަދި 6520054 ނަންބަރ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] މެއިލްކުރެއްވުން އެދެމެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

25 އޮކްޓޫބަރު 2021
ހޯދާ