މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްތަހާލިފްގެ ކުޑަދޮރުތައް ބަދަލުކޮށް އެލްމެނިއަމް ދޮރުހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ނަންބަރު: (IUL)300-EC/300/2021/24

އިޢުލާން

 

 

 

މަސްޖިދުލްތަހާލިފްގެ ކުޑަދޮރުތައް ބަދަލުކޮށް އެލްމެނިއަމް ދޮރުހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

         

          މަސްޖިދުލް ތަހާލިފުގައި ހުރި ލޫވަރކުޑަދޮރުތައް ނަގައި އެލްމެނިއަމް ކުޑަދޮރަށް ބަދަލުކޮށް މިސްކިތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ ނަންބަރު 20/2021/300/(IUL)300-EC(17 އޮކްޓޯބަރ 2021)ގެ އިޢުލާންއަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.                 

           ވީމާ، މި މަސައްކަތްތައްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10  ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

          އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ. 

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮކްޓޫބަރު 2021
ހޯދާ