ދިވެހިރާއްޖެ
ވޭސްޓްމެނޭޖަމަންޓް ސެންޓަރގައި ކުރިން ބޭނުންކުރި 1.5 ޓަނުގެ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު އިޢުލާން ނަމްބަރ IUL/282/282/2021/38 އިޢުލާނާ ގުޅިގެންބިޑް ކާމިޔާބު ކުރެއްވި ފަރާތުން ކަނޑައެޅުފައިވާ މުއްދަތުފައި ފައިސާ ދައްކާފައި ނުވާތީ އެފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ޕިކަޕް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން ހުށައަޅުއްވާ އެންމެ މަތީ އަގު ލިޔުއްވާ
އައިޑީކާޑު ކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދު ކުރައްވައި މިކައުންސިލަށް ހުށައަޅުއްވަމުން ގެންދިއުމަށް ދަންނަވަމެވެ. ހުށައެޅޭ އަގުތަކުގެ ތެރެއިން
އެންމެ މަތީ އަގު ރަސްމީ ގަޑީގައި މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ނީލަން ފެށޭ އަގަކީ 45000 (ސާޅީސް ފަސް ހާސް) ރުފިޔާއެވެ. ނީލަން ނިންމުމަށް
ހަމަޖެހިފައިވާނީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން އެއްއަގެއްގައި 03 ދުވަހު އޮވެއްޖެނަމައެވެ. މިނީލަން ކުރިއަށް ދާނީ 03 ނޮވެމްބަރ 2021 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނީލަން ނިންމާދުވަހުގެ އެންމެ މަތީ އަގު ހުށައަޅުއްވާފައިވާ ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540056 ނުވަތަ 9999838
ނަމްބަރަށް ގުޅުއްވުން އެދެމެވެ.