ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ކަނޑޫދޫ މެޖިސްޓްރޭޓްކޯޓުގައި ފާހާނާ އެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓް

   ތ.ކަނޑޫދޫ، ދިވެހިރާއްޖެ                                        ނަންބަރު : N6C-A/2021/2

އިޢުލާނު

ފާޚާނައެއް އަޅައިދޭނެ ފަރާތެއް ހޯދުން

މިކޯޓުގައި ކޯޓު ޢިމާރާތާއި ގުޅުވައިގެން ފާޚާނައެއް އެޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުމުގެ ސެޝަން

ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓް

31 ނޮވެމްބަރު 2021

10:30

އަންދާސީހިސާބު ހުށަހެޅުން

ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓް

 10 ނޮވެމްބަރު 2021

10:30

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިޢިއުލާނާއި ގުޅިގެން މިކޯޓުގެ ނަމްބަރ   N6C-A/2021/1 އިއުލާން ބާތިލްވީއެވެ.

ވީމާ، މިކަން އާއްމުކޮށް  އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޮކްޓޯބަރ 2021

26 އޮކްޓޫބަރު 2021
ހޯދާ