ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ ދެވަނަ ފަންގިފިލާގައި ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދެވަނަ ފަންގިފިލާގައި މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް ޕާޓިޝަން ޖެހުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީ ވުން:
ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރު 2021 ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް 'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރުމަށްފަހު މި ކުންފުނީގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީކުރެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކު:
http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:
މިބީލަމާގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 02 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 09 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
25 އޮކްޓޫބަރު 2021