ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުން

އިޢުލާން

              ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް މި އިދާރާއިން ދޫކުރުމުގައި ، އެފަދަ ތަކެތި ދުއްވަން އެނގޭތޯ ޢަމަލީ ގޮތުން ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ބޭނުންވެއެވެ. މި ޓެސްޓް އޮންނާނީ މި ކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން  ޕާޓް ޓައިމްކުރެވިދާނެ މަސައްކަތެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

-          ބޭނުންވާ ޢަދަދު: 02

-         ޝަރުތު:

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުން.
  • ފުރިހަމަ ކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  • އުމުރުން 60 އަހަރުނުވާ މީހެއްކަމުގައި ވުމާއި ، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • ޓްރާންސްޕޯރޓް އޮތޯރިޓީގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • ޑްރައިވިން ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި ، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

-          އުޖޫރަ: ޓެސްޓް ކުރާ ކޮންމެ ދުއްވުމަކަށް -/10 ރުފިޔާ

                ވީމާ ، މިރަށުގައި އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2021 ނޮވެމްބަރު 4  ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އާއިއެކު ހުށަހެޅުއްވުން އެދެމެވެ.

             ވީމާ،މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                         19 ރަބީޢުލްއައްވަލް 1443

                         25 އޮކްޓޫބަރު    2021

25 އޮކްޓޫބަރު 2021
ހޯދާ