މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ ފަޔަރ އެލާމް ސިސްޓަމް ސަރވިސްކޮސް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ ފަޔަރ އެލާމް ސިސްޓަމް ސަރވިސްކޮސް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 02 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލްއަށް  02 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2021
ހޯދާ