ދިވެހިރާއްޖެ
މާލޭ ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް ފުރުޤާނުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
ބީލަން ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން |
28 އޮކްޓޯބަރ 2021 |
13:00 |
މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާއިރު ބީލަމަށް ރެޖިސްޓަރވާ ފޯމް ހުށަހަޅާންވާނެއެވެ |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
|||
ބިޑް ހުށަހެޅުން |
08 ނޮވެމްބަރ 2021 |
09:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
- މަޢުލޫމާތު ސާފުކުރުމާއި ބީލަމުގައި ރަޖިސްޓްރީވުން : މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ފުރިހަމަކުރައްވާފައިވާ ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅަންވާނެއެވެ
- · މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3025407 / އީމެއިލް: [email protected]
19 ރަބީއުލް އައްވަލް 1443
25 އޮކްޓޯބަރ 2021