މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަނާއި ގުދަން ހިމެނޭ ބިން ކުއްޔަށް ދޫކުރުން

ގުދަނާއި ގުދަން ހިމެނޭ ބިން ކުއްޔަށް ދޫކުރުން

 

މިއިދާރަގެ ނަންބަރ (IUL)333/333/2021/35 އިއުލާނުގައިވާ މައުލޫމާތުތަކަށާއި ބައެއް ގުދަން އިތުރުވުމާއި ގުޅިގެން އެއިއުލާން ބާޠިލްކޮށް، އަލުން އެގުދަންތަކާއިއެކު އެގުދަންތައް ހިމެނޭ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ވީމާ މިބިންތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 01 ވަނަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ނޮވެމްބަރ 08 ވަނަ ދުވަހުގެ 13:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ.

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

18 ރަބީއުލްއައްވަލް 1443

24 އޮކްޓޯބަރ 2021

24 އޮކްޓޫބަރު 2021
ހޯދާ