ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ:  IUL-D/423/2021/35     

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ފަރެސްމާތޮޑާ މަގުމަތީގެ އެކިސަރަހައްދުތަކުގައި އަމިއްލަތަކެތީގައި (ކޮންކްރީޓުން) 35 ބުޑުއަޅާ ކައުންސިލުން ހަވާލުކުރާ ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން  26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 12:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮކްޓޯބަރ 2021  ވާ އާދީއްތަ ދުވަހު 12:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ މަގުމަތީގައި 35 ލައިޓް ޖެހުމުގެ މަސައްކަތް "މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މިމަސައްކަތާއި، ގުޅިގެން ދެވޭ މަޢުލޫމާތު ފޯމާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2021
ހޯދާ