ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް ރެކޯޑްސް އޮފިސަރ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

            ގދ. ތިނަދޫ، 

              ދިވެހިރާއްޖެ.                                           ނަންބަރު: (IUL)ASMH-HRMS/ASMH/2021/41

                                                                   

އިޢުލާން

މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.  

މަޤާމް

މެޑިކަލް ރެކޯޑްސް އޮފިސަރ

މަޤާމުގެ ނަންބަރު:


J-311457

ބޭނުންވާ ޢަދަދު:

01

ގިންތި: 

ދާއިމީ

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން: 

ސީނިއަރ އޮފިސަރ ގރ 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

-/6295 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ ( މަހަކު )

 

 

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/700 ރ )
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

1. ފަސޭހައިން ހޯދޭފަދަ އިންތިޒާމެއްގެ ދަށުން މެޑިކަލް ރެކޯރޑްސްތައް ބެލެހެއްޓުން. ,މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ މެޑިކަލް ރެކޯރޑްސް އާއި ބެހޭ ރެކޯރޑްތައް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ފޮނުވުން

2. އަތޮޅު ތެރެއިން ހޯދަން ޖެހޭ މެޑިކަލް ރެކޯރޑްސްތައް އަތޮޅު ތެރެއިން ހޯދާ ރައްކާތެރިކަމާއެކު ބެލެހެއްޓުން. ,ހޮސްޕިޓަލްގެ މެޑިކަލް ރެކޯރޑްސް ސިސްޓަމް ހިނގާ ނުހިނގާގޮތް ބަލާ އިސްވެރިންގެ ލަފާގެ މަތިން ތަރައްޤީކުރުމަށް މަސައްކަތް ކުރުން

3. ދުވަހުން ދުވަހަށް ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމްގެ ބެކަޕްނަގާ ބެލެހެއްޓުން, ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމްއަށް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ވަގުތަށް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯރޓްކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން.

4. މެޑިކަލް ރެކޯރޑްސް އާއި ބެހޭ ޑެއިލީ ރެކޯރޑްސް ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުން،މެޑިކޯ ލީގަލް ކޭސްތަކަށް ބޭނުންވާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.

5. ސަރުކާރުގެ އެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސް ހިސާބުތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ފޮނުވުން., ނުރައްކާތެރި ބަލިބައްޔާއި ނޮޓިފައިބަލް ޑިޒީޒް ޤަވާޢިދުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވަމުންދޭތޯ ދުވަހުން ދުވަހަށް ބަލާ ސްޕަރވައިޒްކުރުން.

6. އެއްވެސް ކަހަލަ ރޯގާއެއް އުޅޭނަމަ އެކަމާއިބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުމުގައި އިސްވެރިންނަށް އެހީތެރިވުން

7. ހޮސްޕިޓަލްގައި ބޭނުންކުރާ މެޑިކަލް ރެކޯރޑްސް ހިމެނޭ ސޮފްޓްވެއަރތައް ބޭނުންކުރާފަރާތްތަކަށް އެހީތެރިކަން ދިނުމާއި އެމަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ގައި ތިބި ނަމަ އެމަސައްކަތްތައް ކުރުން

8. މެޑިކަލް ރެކޯރޑްސް އަށް ބޭނުންވާ ފޯމެޓްތައް ކަމާއި ގުޅޭ ސެކްޝަން ތަކުގެ ޚިޔާލާއި ލަފާގެ މަތިން ތައްޔާރުކޮށް ޚިދްމަތަށް ދަތިނުވާނެ ގޮތުގެމަތިން ހުސްވިޔަ ނުދީ ބެލެހެއްޓުން.

9. ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ހޮސްޕިޓަލްގެ އެކިދާއިރާތަކަށް ތަފާސް ހިސާބުދިނުން

10. މެޑިކަލް ރެކޯރޑްސް އަކީ ސިއްރެއްކަން ދެނެގަތުން ,ރައްކާތެރިކަމާއެކު ހޮސްޕިޓަލްގެ މެޑިކަލް ރެކޯރޑްސްތައް ބެލެހެއްޓުން.

 

ތަޢުލީމީ ރޮނގުތައް

  1. އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. މޭނޭޖްމެންޓް
  4. ބިޒްނަސް މޭނޭޖްމެންޓް
  5. ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މޭނޭޖްމެންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

 

ވަޒީފާގެ މަސައްކަތު ދާއިރާތައް

އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

 

މަޤާމުގެ ޝަރުޠު:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-                ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީ ކާޑް ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް    މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓް: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް. ކިއު. އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.  

(ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ . ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.                                   

6. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން  ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން  ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން  ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމިއްޔާ/ ޖަމާއަތަކީ ހިންގަމުންދާ ޖަމިއްޔާ/ ޖަމާއަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓްގެޑައުންލޯޑްސް  އިން ލިބެން ހުންނާނެވެ. http://health.gov.mv/Uploads/Downloads/Informations/Informations(357).pdf

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މަޤާމަށް  އެދި ހުށަހަޅަން ޖެހޭ ލިޔުންތަކާއިއެކު 31 އޮކްޓޯބަރ 2021 ގެ 13:30 ގެ ކުރިން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް [email protected] ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ/ޕްރެކްޓިކަލް އިމްތިހާން 2021 ނޮވެމްބަރ މަހު 01 އިން 10  ވަނަ    ދުވަހާއި ދެމެދު  އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް  ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުނ

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6841970 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

 

 

18  ރަބީއުލްއައްވަލް 1443

                  24 އޮކްޓޯބަރ 2021

 

 

 

 

 

                                                                    

24 އޮކްޓޫބަރު 2021
ހޯދާ