ދިވެހިރާއްޖެ
އިއުލާން ނަމްބަރ (IUL)453-LTM-2/1/2021/40 އާއި ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރުމަށްފަހު ބިޑް ކޮމިޓީއިން ނިންމާފައިވަނީ ހުށަހެޅިފައިވާ އަގުތަކަކީ ވާދަވެރި އަގުތަކެއްކަމަށް ނުފެންނާތީވެ އިއުލާން ނަމްބަރ (IUL)453-LTM-2/1/2021/40 ބާތިލް ކުރުމަށްފަހު އަލުން އެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހުށަހަޅާ ސްޕެސިފިކޭޝަނާއި އެއްގޮތަށް 20 ހައިބެކް ޗެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ނޮވެމްބަރ 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަގު ހުށަހަޅާއިރު އެސެމްބަލް ކުރުމުގެ ހަރަދާއި އެއްކޮށް އަގު ހުށަހެޅުއްވުމަށާއި، އަގު ހުށަހަޅުއްވާއިރު އައިޓަމްގެ ފޮޓޯ/ ބްރޯޝަރ ހިމެނުއްވުމަށް ދަންނަވަމަވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2021 އޮކްޓޯބަރ 24 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2021 ނޮވެމްބަރ 01 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2021 ނޮވެމްބަރ 01 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.