މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

 

 

އިޢުލާން

 

މިކޯޕަރޭޓިވް ގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމް: އެސިސްޓަންޓް އެކައުންޓްސް އޮފިސަރ   

ލެވެލް: GS-1       

މުސާރަ: -/4,100ރ

ސަރވިސް އެލަވަންސް: -/1,200ރ

ލިވިންގ އެލަވަންސް: -/3,300ރ

އެޓެންޑެންސް އެލަވަންސް: -/2,200ރ

 

ބޭނުންވާ އަދަދު: 01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ އޮފީސް: ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ އިދާރީ އޮފީސް

 

ޝަރުތު:

  1. އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛

ނުވަތަ

  1. މަތީ ސާނާވީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 ނުވަތަ.

  1. ސާނާވީ އިމްތިޙާނުން 04 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ގުޅޭ ދާއިރާ އަކުން 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ މަސްޢޫލިއްޔަތު:

-   ޑިޕޮސިޓް ސްލިޕްތައް ތައްޔާރުކުރުން.

-   ޗެކް ހެދުން، ޗެކްތައް ފޮތުގައި ލިޔެ ސޮއިކުރުވާ ޗެކް ޙަވާލުކުރުން.

-   އެކައުންޓް ސްޓޭޓްމަންޓްތައް ބެލެހެއްޓުން.

-   ރިކޮންސައިލް ކުރުން.

-   ފައިސާގެ ހިސާބުތައް އޮޑިޓް ކުރަންޖެހޭ ފަރާތްތަކުން އޮޑިޓްކުރުމުގައި އެހީތެރިވެދިނުން.

-   ޓެކްސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

-   ފައިސާ އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

-   ތަޢުލީމާއި ތަމްރީން.

-   މަސައްކަތުގެ ތަޖުރިބާ.

-   ގިނަ ވަގުތު ހީވާގި ކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

 

އިންޓަރވިއުކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓް:

ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން 2021 އޮކްޓޯބަރ 31 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (ޣާޒީ ބިލްޑިންގ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 އަށް ގުޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-         ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-          ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

-          ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

-          ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

 

ނޯޓް:

އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

 

15 ރަބީއުލްއައްވަލް 1443

21 އޮކްޓޯބަރ 2021

 

 

21 އޮކްޓޫބަރު 2021
ހޯދާ