ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ދަތުރުތަކަށް ބޭނުންކުރާނެ ޑަބަލް ކެބް ވެހިކަލް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުގެ ރަސްމީ ދަތުރުތަކަށް ބޭނުންވާ ޑަބަލް ކެބް ވެހިކަލް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)KRH/PLD/2021/71 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ހުއްދަ ލިބިފައިވާ، ދާއިމީ ގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައި ވުމާއި، ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 21 އޮކްޓޫބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 31 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ނިޔަލަށް [email protected]  އަށް އީމެއިލް ކުރަން ވާނެއެވެ.  
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 01 ނޮވެމްބަރު 2021 ހޯމަ ދުވަހުގެ 10:30 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
  5. ބީލަމާ ގުޅޭ އެންމެހާ ލިޔެކިޔުން ތައް މި އިޢުލާނާ އެކުގައި ޒެޒެޓް ކުރެވިފައި ވާނެއެވެ.  

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 02 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 10:30
21 އޮކްޓޫބަރު 2021
ހޯދާ