ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ ކޮންޒަލްޓަންޓެއް ހޯދުން

އިޢުލާން

ޕްލޭނިންގ ކޮންޒަލްޓަންޓެއް ހޯދުން

         ވ.ފުލިދޫ ކައުންސިލުން، ވ.ފުލިދޫއާއި، ވ.ފުލިދޫގެ އިހްތިޞާސްގެ ތެރޭގައިވާ ހުރިހާ ސަރަހައްދެއް ހިމެނޭގޮތުން، ތަރައްޤީ ކުރުމައްޓަކައި، ޕްލޭނިން ކޮންޒަލްޓަންޓެއް ހޯދަން ބޭނުންވެއެވެ. ކޮންޒަލްޓޭޝަންގެ މަރުޙަލާކުރިއަށް ދާނީ، ހުށައަޅާ "ސްޓޭޓްމަންޓްސް އޮފް ކޮލިފިކޭޝަންސް" އާއި ހުށައަޅާ ޕްރޮޕޯސަލްއަށް ބަލައި ހޮވޭ ފަރާތާއި މިކައުންސިލާއި ދެމެދު ހެދޭ "ޕްރޮފެޝަނަލް ސާވިސް އެގްރީމެންޓް" އެއްގެ ދަށުންނެވެ.

 1. ކައުންސިލުން ކޮންޒަލްޓޭޝަން ހޯދާ މައިގަނޑު ބައިތައް

ހ. ރަށުގެ ބިނާވެށި ޕްލޭން ރިވިއުކޮށް އެކުލަވާލުން.

 

ބިނާވެށި ޕްލޭން އެކުލަވާލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

 

(1) ޤާނޫނު ނަންބަރު:(2010/07)، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނު"ގެ ދަށުން ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ މޫދާއި، ފަޅާއި، ފަރުތަކާއި، ގިރިތަކާއި، ހާތައް އަދި މިނޫންވެސް ތަންތަން ހިމެނުން

(2) "ރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާ މިންގަޑުތަކަށް

(3) މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ވެބްސައިޓް ގައި  ޝާއިޢުކޮށްފައިވާ "ލޭންޑް ޔޫސް ޕްލޭން ލެޖެންޑް- ގައިޑް 3" ގައިވާ ކަންކަން

(4) މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ވެބްސައިޓް ގައި  ޝާއިޢުކޮށްފައިވާ "ޕްލޭންކުރާ އިދާރާތަކުން(ކައުންސިލްތަކުން) ބިނާވެށި ޕްލޭން ތައްޔާރުކުރުމުގައި ޢަމަލުކުރާނޭ ގޮތް(ޕްރޮސެސް)" ގައި ހިމަނުއްވާފައިވާ ކަންކަން

ށ. 5 (ފަހެއް) އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން

ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

(1) ޔޫ.އެން.ޑީ.ޕީ.އިން 2030 ހަށް ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްތައް

(2) ދިވެހި ސަރުކާރުން އެކުލަވާލާފައިވާ، "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"

(3) ޤާނޫނު ނަމަބަރު:(2010/07)، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނު" ގެ "ހަތަރުވަނަ ބާބު"، 22. ވަނަ މާއްދާ " ރަށުކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް" އަދި 23. ވަނަ މާއްދާ "ރަށު ކައުންސިލުން ދޭ ރައްވެހިކަމުގެ ޚިދުމަތްތައް" މި ދެމާއްދާގައިވާ ކަންކަމާއި އަދި މިނޫނަސް އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ކައުންސިލުން ފޯރުކޮށް ދިނުމަށް ލާޒިމުކުރެވިފައިވާ ކަންކަން

(4) ލޯކަލް ގަވަރވަމަންޓް އޮތޯރިޓީން އެކުލަވާލައި، ޝާއިޢުކޮއްފައިވާ "ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް"

 

ނ. 5 (ފަހެއް) އަހަރު ދުވަހުގެ ފައިނޭންޝަލް ޕްލޭން

ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި، ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ ފޯމެޓަކަށް، ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ޕްރޮޕޯސް ކުރާ ފޯމެޓަށް ހެދުން

2. ތަޞައްވަރުކުރުމާއި (ވިޝަނިން) އަދި ޕްލޭނިން މަރުހަލާ

     މި މަރުހަލާ ވާންވާނީ ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންނާއި، ކަމާއިބެހޭ އިދާރާތަކާއި، އެހެނިހެން ސްޓޭކްހޯލްޑާސް ބައިވެރިކުރެވި، ބިން ބޭނުން ކުރެވޭނެ ތަފާތު ގޮތްތަކާއި ( އޯލްޓަނެޓިވްސް ފޯ ލޭންޑް ޔޫސް)، ހުސް ޖާގަތަކާއި (އޯޕަން ސްޕޭސް)، ދަތުރުފަތުރާއި (ޓްރާންސްޕޮޓޭޝަން) އަދި ކޮމިއުނިޓީ ޑިޒައިން ޕަބްލިކުން ފުޅާ ދާއިރާއެއްގައި ވަޒަންކުރެވޭނޭ ޖާގަ ލިއްބައިދޭ މަރުހަލާއަކަށެވެ. ވ.ފުލިދޫގައި ހެދިގެންދާ ބިނާވެށި ޕްލޭނާއި، ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ތަކުގެ ނަތީޖާ އަކަށް ވާންވާނީ، ރަށުގެ މުޖުތަމަޢުގެ ދިރިއުޅުން (ކޮމިއުނިޓީ ކެރެކްޓަރ) މިހާރަށްވުރެ ރަނގަޅަށް ބައްޓަން ކުރެވޭ އަދި ދިރާސާ ހެދޭ ސަރަހައްދު  މާކެޓުކުރުމާއި، އިޤްތިޞާދީ ތަރައްޤީ (އިކޮނޮމިކް ޑިވެލޮޕްމަންޓް) އާއި އަދި ކެޕިޓަލް ޕްލޭނިން ޓޫލް އަކަށް ބޭނުން ކުރެވޭ މިންވަރުގެ ތަޞައްވުރަކާއި، ޕޮލިސީ ފްރޭމްވޯކެއް އެކުލަވާލުމެވެ.

  3. ހުށައަޅަން ޖެހޭ ލިތުންތަކުގެ ތަފްޞީލާއި

ހ. ޓެކްނިކަލް ޕްރޮޕޯސަލް

ށ. ފައިނޭންޝަލް ޕްރޮޕޯސަލް

 

4. ކޮންޒަލްޓަންޓް ހޮވުމުގައި ޢަމަލުކުރެވޭނޭ ގޮތް

        ކޮލިފިކޭޝަން ތަކާއި، ކޮންސަލްޓިން ޕްރޮޕޯސަލްސްތައް، ވަޒަން(އެވަލުއޭޓް) ކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ދެ ފިޔަވަޅުގެ މަރުހަލާގެތެރޭގައެވެ.

ހ. ކައުންސިލަށް ބަލައިގަންނާނީ އަދި ވަޒަންކުރާނީ ކަމާގުޅޭ ރަސްމީ އިދާރާތަކުން ހުއްދަދެވިފައިވާ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލް ތަކެވެ. ދެވަނަ ފިޔަވަޅަށް ދަތުރުކުރާނީ "އިވަލުއޭޝަން ކޮމިޓީ" އިން ހޮވާ ފަރާތްތަކެވެ.

ށ. ހޮވޭ ފަރާތްތަކާއި،  އިވަލުއޭޝަން ކޮމިޓީއާއި ދެމެދު ޕްރޮޕޯސަލް ކޮންފާމްކުރުމައްޓަކައި އަދި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމަށް އިންޓަވިއުއެއް ބޭއްވޭނެއެވެ. އިންޓަވިއުއަށް ފަހު ހުރިހާފަރާތްތައް ރޭންކު ކުރެވިގެން ދާނެއެވެ. ކައުންސިލާއިއެކު އެއްބަސްވުން ހަދަން ވާހަކަ ދެކެވޭނީ،އެންމެ ފުރިހަމަ އަދި އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށައަޅާ އެންމެ މަތީން ޕޮއިންޓުލިބޭ ފަރާތަކާއި މެދުގައެވެ. އެންމެ މަތީން ޕޮއިންޓްލިބޭ ފަރާތާއި އެކު އެއްބަސްވުމަކަށް އާދެވޭގޮތް ނުވެއްޖެނަމަ، ދެވަނައަށް، އެންމެ މަތިން ޕޮއިންޓު ލިބުނު ފަރާތާއި، ކައުންސިލާއި ދެމެދު، އެއްބަސްވުން އެކުލަވާލުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެއެވެ. ކައުންސިލާއި، ކޮންސަލްޓަންޓަކާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވެންދެން މި މަރުހަލާކުރިއަށް ދާނެއެވެ.

 

5. ލިޔެކިޔުންތައް ހުށައަޅާނޭ ގޮތް

(3.) ނަންބަރުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް، އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ސީދާ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް އިދާރާއަށް ހުށައެޅިދާނެއެވެ. މިގޮތުން:

ހ. އީމެއިލްގެ ޒަރިއްޔާއިން ހުށައަޅާނީ ކައުންސިލްގެ މެއިލް އެޑްރެސް ([email protected])  އަށެވެ.

ށ. ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއަށް ހުށައަޅާނަމަ އަންނަނިވި ތަކެތި ހުށައަޅަންވާނެއެވެ.

(1) ހުށައެޅުމުގެ ހާޑް ކޮޕީ

(2) ވަޒަންކުރުމުގެ (އެވަލުއޭޓް) ކުރުމުގެ ބޭނުމަށް، ސޮފްޓް ކޮޕީ ޑިސްކެއްގައި ނުވަތަ ޔޫ.އެސް.ބީ ޑްރައިވް އެއްގައި

6. ކޮންފަރަންސް އަދި ހުށައަޅަންޖެހޭ އެންމެ ފަހުގެ ތާރީޚް

ޕްރޮޕޯސަލްތައް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރިކުއަޔަމަންޓްސްތައް ދޭހަވިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި، ޝައުޤުވެރިވާ ފަރާތްތަކުގެ ސުވާލުތައް ([email protected]) ޒަރިއްޔާއިން ބަލައިގަންނާނެއެވެ. މިގޮތުން ހުރިހާ ސުވާލުތަކެއް 23 އޮކްޓޯބަރު 2021 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން ފޮނުވާން ވާނެއެވެ.

 އަދި މީގެ އިތުރުން:

މަޢުލޫމާތު ދިނުމައްޓަކައި ޕްރީ ސަބްމިޓަލް ކޮންފަރަންސެއް، 25 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ މެއިލްތަކަށް ރިކުއެސްޓް ފޮނުވާލުމުން، އެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސައި ދޭނެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، (3.) ނަމްބަރުގައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭ އެންމެ ފަހުގެ  ތާރީޚަކީ، 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ކުރިން މި ކައުންސިލް އިދާރާއަށެއެވެ.

      އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަނޑީގައި ކައުންސިލްގެ މޯބައިލް ނަމްބަރު 9393603 އާއި ގުޅުއްވުން އެދެމެވެ.

                       15 ރަބީޢުލް އައްވަލް 1443

                       21 އޮކްޓޫބަރު 2021

21 އޮކްޓޫބަރު 2021
ހޯދާ