ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2021/77(IUL)
އިޢުލާން
ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގުމަށް ހަމަޖެހިފައިވާ ނަމާދުގައި ކިޔާ ޛިކުރުތައް ދަސްކޮށްދޭ ޕްރޮގްރާމްގައި ކިޔަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ތިރީގައި މިދަންނަވާ ޝަރުޠުތައް ހުންނަންޖެހޭނެއެވެ.
- އިމާމު ކަމުގެ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމުގައިވުން ނުވަތަ
- ޤިރާއަތު ލެވެލް 3 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ 2021 ން ފެށިގެން 29 ޖަނަވަރީ 2022 ގެ ނިޔަލަށް ކޮންމެ ހަފުތާއަކު ހުކުރު އަދި ހޮނިހިރު މި ދެދުވަހު، ކޮންމެ ދުވަހަކު 1 ގަޑިއިރަށެވެ.
ވީމާ، މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1 ގަޑިއިރުގެ ގަޑިއެއް ނަގައިދޭނެ އަގު ބަޔާން ކުރައްވާ، 25 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:00ށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ 6641941 ގުޅުއްވުން އެދެމެވެ.