ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

މި ރަށު މުކުރިމަގު އަވަށު، ޕީ.އެސް 08 އަށް ވަންނަން އޮތް މަގުގެ އުތުރު ފަރާތުން މުކުރިމަގު ލައިޓްރޫމް އާމިނަތު ޢަލީ، ދިރިއުޅުމަށް ދައުލަތުން ދޫކުކޮށްފައިވާ 4000 އަކަފޫޓްގެ ބަންޑާރަ ގޯތީގައި، މި އިދާރާއިން A-02-A-01 އިން ނަންބަރު ޖަހާފައިވާ ފޯދުނު 02 ދިވެހި ރުކާއި،

A-06,A-05,A-04,A-03 އަށް ނަންބަރު ޖަހާފައިވާ އެކިވަރުގެ 04 ބަނބުކެޔޮ ގަހުގެ ވެރިން ހޯދަންވަނީ ބޭނުންވެފައެވެ.

                ވީމާ، މަތީގައިވާ ރުއްގަހުގެ ވެރިން އެ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމަށް ޓަކައި މި އިދާރާއިން ދޫކުރާ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 16 ނޮވެމްބަރ 2021 ގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ފޯމު މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ޑަވްންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

21 އޮކްޓޫބަރު 2021
ހޯދާ