ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

 

                                         މި ކައުންސިލުން އިންތިޒާމް ކޮއްގެން  2021 ނޮމެންބަރު ގައި ކުނަހަންދޫގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 21އޮކްޓޫބަރު 2021 ވަނަ ދުވަހުން ފެށިގެން 27އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުޅުވާލެވިފައެވެ. އަދި ބައިވެރިވުމުގެ ފުރުސަތު އުމުރުން 2 އަހަރުން ފެށިގެން ހުރިހާ އުމުރެއްގެ މީހުނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްކަމުގައި ދަންނަވަމެވެ. އުމުރުފުރާތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ޓްރޮޕީ އަދި އިނާމް ހުށައެޅޭނެއެވެ. ހިތުން ކިޔުމާއި ބަލައިގެން ކިޔުމުގެ ބައިގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް މުބާރަތް ފެށުމުގެ ކުރިން ކިޔެވުން ފަރިތަ ކޮއްދެވޭނެއެވެ.

                     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކުނަހަންދޫ ކައުންސިލަށް ވަޑައިގެން ނުވަތަ 9995970 އަށް ގުޅުއްވައިގެން ނަން ނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ ސުންގަޑި އަކީ 27 އޮކްޓޫބަރު 2021 ގެ 14:00އެވެ.

 

 

 

 

15 ރަބީއުލް އައްވަލް 1443

21 އޮކްޓޫބަރު 2021

21 އޮކްޓޫބަރު 2021
ހޯދާ