ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ 10 (ދިހަ) ކޮމްޕިއުޓަރ ސިސްޓަމް އަދި 05 (ފަހެއް) މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/57 އިޢުލާނަށް އެކަށީގެންވާ ބީލަމެއް ހުށަހެޅިފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޯބަރު 2021 އިން ފެށިގެން 26 އޮކްޓޯބަރު 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.
މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް މަސައްކަތުގެ މަޢުލޫމާތު ޝީޓް، ތަކެތީގެ އިތުރު ތަފްސީލް ހިމެނޭ އެނެކްސް 1 އަދި ޑޮކިއުމަންޓް ޗެކްލިސްޓް ގެޒެޓް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 26 އޮކްޓޯބަރު 2021 ވާ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 31 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.