ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޕިއަރ ރިކަވަރީ މެންޓަރ (ކޮންޓްރެކްޓް / 2 މަޤާމު) ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، ކ. ގުޚީފަޅު

މަޤާމް :ޕިއަރ ރިކަވަރީ މެންޓަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :2

މަގާމް:

ޕިއަރ ރިކަވަރީ މެންޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

02 (ދޭއް)

ވަޒީފާގެ މުއްދަތު

1. ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަސް، ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން 3 މަސް ދުވަސްކަން، ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން މަސައްކަތަށް ރަނގަޅުނަމަ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ބާކީ އޮތް 9 މަސްދުވަހަށް ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، ކ. ގުޅީފަޅު

މުސާރަ

މަހަކު މަސައްކަތުގެ އުޖޫރައިގެ ގޮތުގައި -/4000 ރުފިޔާ އަދި ފީލްޑް އެލަވަންސްގެ ގޮތުގައި

-/1000ރުފިޔާ

އާދައިގެމަތިން މަސައްކަތްކުރަންޖެހޭ ގަޑިތައް

ހަފްތާގެ 6 ދުވަހު ކޮންމެ 24 ގަޑިއަކުން ޑިއުޓީ އުޞޫލުން ކަނޑައެޅޭ 7 ގަޑިއިރު

ވަޒީފާގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

  1. ޕިއަރ ރިކަވަރީ މެންޓަރެއްގެ ގޮތުން މަސައްކަތް ކުރާ މަރުކަޒެއްގައި ޙަވަލުކުރެވޭ މަސައްކަތް ކުރުން.
  2. ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  3. ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ޙަވާލުވެފައިވާ ފަރާތްތަކުން އަންގާ ކަންތައްތައް އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
  4. ތަން ހިންގުމަށާއި މުވައްޒަފުން އަމަލުކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް

  1. އެން.ޑީ.އޭ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
  2. މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުން.
  3. ގަޑިއަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ޙާޟިރުވުން.
  4. އެން.ޑީ.އޭ އިން ކުޑަކަމުދާ ތަކެތި ތަހުލީލް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުޞަތު ދޭންވާނެއެވެ.
  5. ވަޒީފާ ދެވޭ ފަރާތާއި އެން.ޑީ.އޭ އާއި ދެމެދު ހެދޭ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތުން.
  6. ވަޒީފާގެ ސިއްރު ހިފެހެއްޓުން.
  7. ހަވާލުކުރެވޭ މަސައްކަތް ލަޔާގަތާއި ޤާބިލްކަން ހުރިމިންވަރަކުން ދުވަހުން ދުވަހަށް ނިންމަވަންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

ތައުލީމީ ފެންވަރު:

  1. ގްރޭޑް 7 ނިންމާފައިވުން ނުވަތަ
  2.  މިދާއިރާއިން ލެވެލް 03 ގެ ސެޓްފިކެޓެއް އޮތުން ނުވަތަ
  3. މިދާއިރާއާއި ގުޅޭ (އެން.ޑީ.އޭއިން) ކުރިއަށްގެންދާ ތަމްރީނެއް (48 ގަޑިއިރު / 2 ދުވަސް) ފުރިހަމަކޮށްފައިވުން ނުވަތަ
  4. އައުޓް ރީޗް ވޯކަރއެއްގެ ގޮތުގައި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  5.  އޮންދަރ ޖޮބް ޓްރެއިނީ ގްރޭޑް1 މަޤާމުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ޕާރފޯމަންސްއިން %85 އިންސައްތަ މަތިން މާރކްސް ލިބިފައިވުން.

މީގެ އިތުރުން ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަންދެވޭނެއެވެ.

  1. އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  2. އަހުލާގް ރަނގަޅު، ޒިންމާދާރު އަދި ނަމޫނާ މިސާލު (ރޯލް މޮޑެލް) ދެއްކޭ މީހެއް ކަމުގައިވުން.
  3. ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

ނޯޓް: މިމަޤާމަށް ހޮވޭ ފަރާތްތަކުން ޕޮލިސް ރިޕޯޓް އަދި މެޑިކަލް އެގްޒަމިނޭޝަންސް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  2.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"
  3. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.)

މަޤާމަށް އައްޔަންކުރުމުގެ މިންގަނޑު

ތަޢުލީމު

20 މާކްސް

ކުރުމުއްދަތުގެ ތަމްރީނު

10 މާކްސް

ތަޖުރިބާ

20 މާކސް

އިންޓަރވިއު

50 މާކްސް

ވަޒީފާއަށް ހޮވުމަށް މަދުވެގެން ޖުމްލަކޮށް 60 މާކްސް ހޯދަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މިވަޒީފާއަކީ މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޭނުންވެގެން ފަރުވާ ފުރިހަމަކޮށްފައިވާ ނުވަތަ މަސްތުން ސާފުވުމަށްފަހު އެފަދަ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ.

މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް

މަޤާމަށް އެދި ސިޓީއާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 26 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ12:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

 

14 ރަބީއުލްއައްވަލް 1442

                                  20 އޮކްޓޫބަރު 2021                                      

20 އޮކްޓޫބަރު 2021
ހޯދާ