މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސުޕަވައިޒަރ

ނަމްބަރ : 25/KFC/HR/2021

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ ސުޕަވައިޒަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޖެޓީ / ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

10480.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސްލިބިފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށް
  • ފައިވުން. ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
  •  

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ދުވަހަކު މަސްދޯނި ފަހަރު އައުމުގެ ކުރީގައި މަސް ކިރުމަށް ބޭނުންކުރާ ޓޭންކް ތަކާއި ވެހިކަލްތައް ހުރީ ރަގަނޅު ޙާލަތެއްގައިތޯ ބަލާ ޗެކް ކުރުމާއި، މަސްކިރުވުމަށް ބޭނުންކުރާ ކައްޓާތައްހުރީ ރަގަނޅު ޙާލަތެއްގައިތޯ ބަލާ ޗެކް ކުރުމާއި، އެއްވެސް މައްސަލައެއް އުޅޭނަމަ އެމައްސަލައެއް އެކަމާއި ގުޅޭ ފަރާތަކާއި ވާހަކަ ދައްކައިގެން ރަގަނޅު ކުރުމަށް މަސައްކަތް ކުރުން، އަދި މަސް ކިރުމަށްޓަކައި ޖެޓީ ތައްޔާރުކޮށް އެކަމަށް ހަމަޖެހިފައިވާ މީހުން ހަމަކުރުވާ ތައްޔާރުކޮށް ސްޕަރވައިޒް ކުރުން.
  • ޖެޓީގައި މަސްކިރަން ހަމަޖެހިފައިވާ ޕޮއިންޓް ތަކަށްވުރެ ފަޅުތެރެއަށް މަސްދޯނި ފަހަރު ގިނަވާނަމަ ދޯނި ފަހަރަށް ނަމްބަރ ދޫކުރުމާއި، ކިއު ތަރުތީބުން މަސްކިރުވުމުގެ މަސައްކަތް ކުރުވުން.
  • އުޅަދު ފަހަރަށް އައިސް ދޫކުރުމުގައި ކޮންމެ އުޅަދަކަށްވެސް އައިސް ދޫކުރެވޭނީ އެއުޅަދަކަށް އައިސް ދޫކުރުމަށް ހަދާފައިވާ ސްލިޕް ގައިވާ ޢަދަދަށްތޯ ބަލައި ޗެކްކޮށް މަސްކިރާނިމޭ ތަރުތީބުން އައިސް ދޫކޮށް މައްސަލަ ނުޖެހޭނެ ގޮތަކަށް މަސައްކަތް ރާވާ ހިންގުން.
  • ކަލެކްޓަރ ވެސެލް އަންލޯރޑް ކުރުމާއި ލޯރޑްކުރުން،  ކޮންމެ ކަލެކްޓަރ ބޯޓެއްވެސް ކޫއްޑޫއާއި ކައިރިއަށް އައުމުން ފަޅަށް ވަނުމުގެ ކުރިން ވީ.އެޗް.އެފް އިން ބޯޓާއި ގުޅާ ބޯޓު ކަރިރި ކުރަންވީ ކުރޭނެއް ނުވަތަ ޖެޓީއެއް، ބޯޓަށް އަންގާ އެތަނަކަށް ބޯޓް ކައިރި ކުރުން.
  • މަސް ހުސްކުރުމަށްޓަކައި ފަޅަށް ވައްދާ ކޮންމެ ކަލެކްޓަރ ބޯޓެއްވެސް ފަޅަށް ވަނުމުގެ ކުރިން ބޯޓް އަންލޯރޑް ކުރުމުގެ މަސައްކަތް ރާވާ މަސައްކަތަށް ތައްޔާރު ކުރުމާއި، ލަސްނުކޮށް ބޯޓް އަންލޯރޑް ކުރުރުމުގެ މަސއްކަތް ރާވާ ހިންގުން.
  • ބޯޓް މަސް އަންލޯރޑް ކުރަން ފެށުމުގެ ކުރިން ކިއު.އޭ އިންސްޕެކްޓަރ މެދުވެރިކޮށް ބޯޓްގެ މަހުގެ ޓެމްޕަރޭޗަރ ޗެކްކުރުން.
  • ބޯޓުން ހުސްކުރަމުންދާ މަސް، އެއްވެސް ސަބަކާއިހުރެ ކިއު.އޭ އިން ހޯލްޑް ކޮށްފިނަމަ، އެމަސް ބްރައިންގާ ބަހައްޓަންވާނީ އެއީ ކޮން ބޯޓެއްގެ މަސްކަން އެގޭ ގޮތަށް ވަކިކުރެވިފައެވެ. އަދި މިކަން އެގޮތަށް ރާވާ ހިންގުން.
  • ކޮންމެ ކަލެކްޓަރ ބޯޓެއްވެސް ފަޅަށް ވަނުމަށްފަހު، ބޯޓަށް ޑީސަލް ފެންފަދަ އެއްޗެއް ބޭނުންވޭތޯ ބަލާ، ބޭނުންވާ އެއްޗެއް ލިބޭނެގޮތް ރާވާ ހިންގުން.
  • ކުދި ބޯޓު ފަހަރުން ނުވަތަ ކޫއްޑޫއަށް ގެންނަ މުދާ ބާލާ ސްޓޮކް ރޫމަށް ގެންގޮސް ދިނުމުގެ މަސައްކަތް ރާވާ ހިންގުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ          (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2021
ހޯދާ