މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމާބެހޭ.

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ އައިޓީއާ ގުޅުންހުރި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2021/67 (21 ސެޕްޓެންބަރު 2021) އިޢުލާނުގެ ލޮޓް 3 ގައިވާ ބެކަޕްޑްރައިވަށް ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ ލޮޓް ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2021
ހޯދާ