ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު ޢިމާރާތުގެ ކަރަންޓާ ގުޅޭ މަރާމާތުގެ މަަސައްކަތް

އިޢުލާން

ކޯޓު ޢިމާރާތުގެ ކަރަންޓާ ގުޅޭ މަރާމާތުކުރުމުގެ މަސައްކަތްކުރުން.

     މި ކޯޓުގެ ނަންބަރު: L05C-C/2021/04 (13 އޮކްޓޫބަރު 2021) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި ކޯޓު ޢިމާރާތުގެ ކަރަންޓާ ގުޅޭ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

     ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހު 13:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

     މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

14 ރަބީޢުލްއައްވަލް 1443

20  އޮކްޓޫބަރު  2021

20 އޮކްޓޫބަރު 2021
ހޯދާ