ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކާޑް ޕްރިންޓަރއެއް މިއޮތޯރިޓީއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ތަޢާރަފް

          

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ.  މި އިދާރާއިން ދޫކުރަމުންދާ ލައިސްންސް ކާޑްތައް ތަރައްގީ ކުރުމަށްޓަކައި ކާޑް ޕްރިންޓަރާއި އެއަށް ބޭނުންވާ ސާމާނު ގަންނަން ބޭނުންވެއެވެ.

 

މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް

 

މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv  އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން:

 

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ 2021 އޮކްޓޫބަރު 30 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްނުދެވޭނެއެވެ. އަދި މިސުވާލުތަކަށް 2021 އޮކްޓޫބަރު 31 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބިޑް ހުށަހެޅުން:

 

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ.

ނޯޓު: 01 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް އެޑްރެސް ކުރައްވަންވީ ގޮތް:

Supply of PVC Card Printer and Consumables

(IUL)485/1/2021/12

01 November 2021

Utility Regulatory Authority

Handhuvaree Hingun, Maafannu, Male’, 20392, Maldives

 

s

20 އޮކްޓޫބަރު 2021
ހޯދާ