މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭތެރޭގައި ދިމާވާ ކަރަންޓްގެ އެކިއެކި މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކަނބަލުންނަށް ޙާއްސަކޮށްގެން ބާއްވާ އެވެއަރނަސް ޕްރޮގްރާމާއިގުޅޭ

އިޢުލާން

ގޭތެރޭގައި ދިމާވާ ކަރަންޓްގެ އެކިއެކި މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކަނބަލުންނަށް ޙާއްސަކޮށްގެން ބާއްވާ އެވެއަރނަސް ޕްރޮގްރާމާއިގުޅޭ

     މި ކޮމިޓީއާއި ފެނަކަ ގުޅިގެން ކަނބަލުންނަށް ހޭލުންތެރިކުރުމަށް 1 ދުވަހުގެ މުއްދަތައް ހިންގޭ އެވެއަރނަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 18 އަހަރުން މަތީގެ ކަނބަލުންނަށް ހުޅުވާލަމެވެ.

      މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ ކަމުގެ ތަމްރީން ލިބިލައްވާފައިވާ ތަޖްރިބާކާރު ބޭފުޅުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފީއެއްދައްކާކަށް ނުޖެހޭނެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

          ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ކަނބަލުން އޮކްޓޫބަރު މަހުގެ 25 ގެ ކުރިން ކައުންސިލް އިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

20 އޮކްޓޫބަރު 2021
ހޯދާ