ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ އެތެރޭގެ މަގު ހެދުމާއި ގުޅޭ

މި ސިޓީގެ އެތެރޭގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާއިރު، މިހާރު ހަދަމުންދާ މަގުތަކުގައިވާ (ފިނިވާމަގު، އޯކިޑްމަގު، ހުސްނުހީނާމަގު، ބަހާރުމަގު، ޣާޒީމަގު،  ހާނޖެއެޅެމަގު، ގެންމިސްކިތްމަގު، ކަނދޮވަލިމަގު، ނިކަގަސްމަގު، ފަޅަގަޑިމަގު، ކަނދޮވަލިގޯޅި ހަނދުވަރީގޯޅި، ޖަމާލުއްދީންހިނގުން، ލައިނޫފަރުމަގު، ގެރަގަޑޮފަންނުމަގު، ވަލިފަންނުމަގު، ދޮންމަހުމޫދުހިނގުން، ކިރިވޭދެމަގު، ބަހާރީހިނގުން، ފެންފުވައްމަގު، ފީދިފަންނުމަގު، ނަސްރީނުގޯޅި، ދުވައްފާނުމަގު، މޫލެގަންހިނގުން، ރަށްދެބައިމަގު، ނަރުގިސްމަގު، ސަންފާގެމަގު، ކާރްނޭޝަންމަގު، ދަށިއަޑިއެމަގު، ނީލޯފަރުމަގު، އަރުއްފަންނުމަގު) ގޯތިތަކުގެ ތެރެއިން ފެނާއި ނަރުދަމާ ކަނެކްޝަނާ ލެވިފައިނުވާ ގޯއްޗެއްވާނަމަ، ލިޔުމުން އެކަން 2021 އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) އަންގަވާ ދެއްވުން އެދެމެވެ.

20 އޮކްޓޫބަރު 2021
ހޯދާ